ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ ފޮރިން މިނިސްޓަރު، ވިޖިތަ ހޭރަތުގެ ދައުވަތަކަށް ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ހަލީލު އެ ގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ލަންކާއިން ޒަމާނުއްސުރެ ފޯރުކޮށްދެމުންދާ އެހީ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށެވެ.

ލަންކާގެ ބޮޑުވަޒީރު ވަނީ ތަފާތު އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން ރާއްޖެއާއެކު މަސައްކަތް ކުރަން ލަންކާ ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މި ދަތުރުގައި މިނިސްޓަރު ހަލީލު ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.