ދެކުނު ސަރަޙައްދުގެ ސްކޫލެއްގެ އަންހެން މުދައްރިސަކު ގްރޭޑް 8 ގައި ކިޔަވަމުންދާ ފިރިހެން ދަރިވަރަކު ”ގްރޫމް“ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މިފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ.
އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އައިޑެންޓިޓީ އަދި ވަކި ރަށެއްގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

