ލ. ގަމުގެ އިހުތިސޯސްގެ ތެރޭގައި އެ އަތޮޅު ބޮޑުފިނޮޅު ހިމަނައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. ގަމުގެ އިހުތިސޯސްގެ ތެރޭގައި އެ އަތޮޅު ބޮޑުފިނޮޅު އިއްޔެ ހިމަނުއްވަވާފައިވާ ކަމަށެވެ. އެގޮތަށް ރައީސް ކަނޑައެޅުއްވީ ގަރާރަކުންނެވެ.
ރައީސް ވަނީ ރ. މަޑުއްވަރީގެ އިހުތިސޯސްގެ ތެރޭގައި އުފުލަންދޫ ހިމަނައި، ރ. މީދޫގެ އިހުތިސޯސްގެ ތެރޭގައި ތާވާތާ ހިމަނުއްވަވައިފައެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސަތެއް ކަނޑައަޅުއްވައި ރަށްތައް ކައުންސިލްތަކާ ހަވާލުކުރައްވަމުންނެވެ.

