އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
އެ ޖަލްސާ އޮންނާނީ 9 ވަނަ ދުވަހުގެ ރޭ 9:30 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައެވެ.
އުރީދޫން ބުނީ އެ އޮފީހުގެ ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ގިނަ ވެގެން 50 ހިއްސާދާރުންނަށް ކަމަށެވެ.
ޖަލްސާގައި ބައިވެރިވުމަށް ”ފަހިވޯޓު“ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރާ ހިއްސާދާރުންނަށް އޮންލައިންކޮށް ވެސް ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންނާއި، އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނަށް އެ މައުލޫމާތު މާޗް 7 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ގެ ކުރިން އަންގާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.

