އުރީދޫ ނޭޝަން ގޭމާސް ލޭންޑް: ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ކުލަގަދަ ހަފްލާއަކާއެކު ނިންމާލީ، ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކާއި އީސްޕޯޓްސް އެތުލީޓުން އެއްތަނަކަށް ގެނެސް ފޯރިއާއެކުއެވެ.

މާލޭގެ އުސްފަސްގަންޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ހެލްތް އެންޑް ރެކްރިއޭޝަން ޢަބްދުالله ރަފީއުއެވެ.

މި ފެސްޓިވަލް ފެށުނީ ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓަކުން ކަމަށާއި މި ފެސްޓިވަލްގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފައެވެ. އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް އެވޯޑް ދެވުނެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔަރ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރެވިގެންދިޔައެވެ.

ވަރުގަދަ ވާދަވެރިކަމަކަށްފަހު ހައިޝަމް ވަޙީދު ވަނީ ”އަލްޓިމޭޓް ޕްލޭޔަރ“ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގައި އީސްޕޯޓްސް އާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފް ކުރައްވާފައެވެ.

 

”ގޭމިން އާއި އީސްޕޯޓްސް އަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގެމަރސް ލޭންޑް ފަދަ އިވެންޓްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދެއެވެ.“ މިނިސްޓަރު ވިދާޅުވިއެވެ.

 

 

އުރީދޫ މޯލްޑިވްސް އަކީ އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތު ތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކުންފުންޏެކެވެ.