ދ. މާއެނބުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް އެ ތަން ހުޅުވައި ދެއްވީ އެ މަނިކުފާނު މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މާއެނބޫދު އަށް މިއަދު ވަޑައިގެންނެވެ.

މާއެނބޫދޫގައި ގާއިމުކޮށްފައިވާ ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުއްވައި ދެއްވައި އެމަނިކުފާނު ވަނީ އެތަން ބައްލަވާލައްވައިފައެވެ.

މާއެނބޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތަކީ އެ މަރުކަޒުން ހިދުމަތް މިހާރު ދިނުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދައިވައި ދެއްވުމަށް، ތަރައްގީކޮށްފައިވާ އިމާރާތެކެވެ.

އައު އިމާރާތާއެކު އަލަށް ފަސް ހިދުމަތެއް ވެސް ތައާރަފުކޮށްފައިވެއެވެ.