ދ. ބަނޑިދޫގައި ގާއިމު ކުރާ އައިސް ޕްލާންޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ، ވަޒީރުންނާއެކު ބަނޑިދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އައިސް ޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޮފްއެވެ.
މިފްކޯ އިން ބުނީ، އެ އައިސްޕްލާންޓު ތަރައްގީކޮށް ނިމުމުން ބަނޑިދޫގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުން ދުރަށް ދަތުރުކޮށްގެން އައިސް ހޯދުމުގެ ތަކުލީފު ނިމުމަކަށް އަންނާނެ ކަމަށެވެ.
240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރި މި މަޝްރޫއުގެ ދަށުން 30 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓަކާއި 50 މެޓްރިކް ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރާނެއެވެ.

