މޯލްޑިވްސް އިމިގްރޭޝަނުން ށ. އަތޮޅުގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ށ އަތޮޅުގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
އެ އަތޮޅުގައި މި ހިދުމަތް ފައްޓަވައިދެއްވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން ވަހީދެވެ.
މިދިޔަ މަހުގައި، ހއ.އިހަވަންދޫގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ފަށާފައިވެއެވެ.
މީގެ އިތުރުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ހިވެސްދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުވަނީ ފަށައިފައެވެ.
އޭގެފަހުން ރ. އުނގޫފަރޫގައި ވެސް އެ ހިދުމަތް ވަނީ ފަށާފައެވެ.

