މިއަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ތުރުކީވިލާތުގެ 3000 ފުލުހުން ގަތަރަށް ފޮނުވުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވެއްޖެއެވެ.

Ads by Asuru

ވޯލްޑްކަޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި، 3000 ރިއޮޓް ފުލުހުންގެ އިތުރުން، 100 ސްޕެޝިއަލް އޮޕަރޭޝަންސް ފުލުހުންނާއި، 50 ބޮމްބް ސްކޮޑް ފުލުހުން ފޮނުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއެންމެންގެ ހަރަދުތައް ބަލަހައްޓާނީ ގަތަރުގެ ސަރުކާރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުބާރާތާއި ދިމާކޮށް ގިނަ އަދަދެއްގެ މީހުން ގަތަރަށް ދަތުރުކުރާއިރު ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި، ގަތަރުން އަންނަނީ އެހެން ގައުމުތަކުގެ އެހީވެސް ހޯދަމުންނެވެ. އެގޮތުން ޕާކިސްތާނުންވެސް، މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހުށަހަޅާފައިވެެއެވެ.