ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފަށާފައިވާ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު އަހައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ހާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށެވެ.
“ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް އަޅުގަނޑު ފެށި މަސައްކަތް ހުއްޓުމެއްނެތި އިންޝާالله ދާނީ ކުރިޔަށް.” ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ލާމަރުކަޒި ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް، ފަޅު ރަށްތައް ދޫކުރަން ފެށީ ވެސް، މި ސަރުކާރުންނެވެ.

