ރަމަޟާން މަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމަރ ކެއަރއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފިއެވެ.

އެޗްޑީސީން ބުނީ، އެ ކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. ނަމަވެސް، ކޮންމެ ދުވަހަކު އިރުއޮއްސި 6:00 ‏އިން 7:00 އަށް، އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 12:00 އިން 13:00 އަށް ކޯލް ސެންޓަރު ބަންދު ވާނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އިންފޮމޭޝަން ކައުންޓަރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް އަދި ފައިނޭންސް ސެންޓަރު 9:30 އިން 13:00އަށް ހުޅުވިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.