ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން މި އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށެވެ.

މި އެލާޓް ނެރެފައިވަނީ މިއަދު ފަތިހު 04:30 އިން ފެށިގެން ހެނދުނު 10:30 އާ ދެމެދުގެ ވަގުތަށެވެ.

ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރުނުއިރު، މެޓުން ބުނީ އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް މެދުރާއްޖެތެރއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.