ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ”ޓީ ހަޓް“ ރެސްޓޯރަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ، އެ ރެސްޓޯރެންޓްގެ ބަދިގޭގައެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ، ހުޅުމާލެ ”ޓީ ހަޓް“ ކިޔާ ރެސްޓޯރެންޓެއްގައި އަލިފާން ރޯވެގެން ހުޅުމާލޭ ފަޔާ ސްޓޭޝަންއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.
އަދި މިހާރު އަލިފާންކޮންޓްރޯލް ކުރެވިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

