ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނީ، މި އެލާޓްގެ ވަގުތަކީ މިރޭ 9:45 އިން ފެށިގެން، މިރޭ 2:00 އަށް ކަމަށެވެ.

އެލާޓުގެ ވަގުތުގައި ގުގުރުމާއެކު، ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް މެޓުން ބުނެއެވެ.

މެޓުން ވަނީ ކ އަތޮޅުން ފެށިގެން މ އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

މިރޭ 9:00 އިން 1:00 އަށް ދެމިގެންދާ މި އެލާޓު ނެރުނީ ބޯކޮށް ވާރޭ ވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށެވެ.

އަދި ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ށ އަތޮޅުން ގދ އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ. މި އެލާޓްގެ ވަގުތަކީ، މިރޭ 9:00 އިން 2:00 އަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލޭގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ.