ފަޅައިގެން ގޮސް ލޯންޗެއް ދިޔަވި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ފަޅައިގެން ގޮސް ދިޔަވަމުންދިޔަ، ”ސުވެނިއަރ 34“ ލޯންޗު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ތިލަފުށްޓަށް މިއަދު މެންދުރު 14:00 ހާއިރު ވައްދާފައިވާ ކަމަށެވެ.
”މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ.“ އެމްއެންޑީއެފް އިން ބުންޏެވެ.
ދިޔަވި ލޯންޗުން ދަތުރު ކުރީ 38 މީހުން ކަމަށް އެމްއެންޑީއެފުން ކުރިން ބުންޏެވެ. އެއީ 34 ފަތުރުވެރިންނާއި، 4 ފަޅުވެރިންނެވެ.
މިއަދު އިތުރު ލޯންޗެއް ވެސް ދިޔަވިއެވެ. އެ ލޯންޗުން ދަތުރު ކުރި 44 މީހުންނާއި 4 ކުޑަކުދިން ފުލުހުން ވަނީ ސަލާމަތް ކޮށްފައެވެ.

