ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން ހިތަދޫ މެދު މެންބަރު އަހުމަދު އަޒާން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އަޒާން އެ ދެ ކޮމިޓީން ވަކިކުރުމަށްފަހު، އޭނާ ހަމަޖައްސާފައިވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީއަށެވެ.

މާލިއްޔަތު ކޮމިޓީއަށް އަލަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ.

އަދި 241 ކޮމިޓީއަށް އަލަށް ހަމަޖައްސާފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.

އަޒާން ދެ ކޮމިޓީއަކުން ވަކި ކުރިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ހުށަހެޅި އިސްލާހަށް ވޯޓުލުމުގައި އަޒާން ޕީއެންސީގެ ތްރީލައިން ވިޕާ ހިލާފުވުމުން، ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފައެވެ.