މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ވިޓާލީ މަގާމުން ވަކި ކުރިކަން ޕީސީބީން ވަނީ މިރޭ ހާމަކޮށްފައެވެ.

އެ މަގާމަށް ޑރ. ވިޓާލީ ލިއުބިމޮވް އައްޔަނު ކުރެެއްވީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ ސަމާހު ރަޝީދެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް އޭރު ތުހުމަތުތަކެއް ކުރެވި ސަސްޕެންޑް ކުރެވުނެވެ.

އޭގެ ފަހުން މިފްކޯ އަށް ބިދޭސީ ސީއީއޯއެއް ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ ޖޫން މަހުގެ ތެރޭގައެވެ.