ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ވެސް އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސައުދީން ހަދިޔާ ކުރި ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ކަދުރު ހަދިޔާކޮށްދެއްވީ ރާއްޖެގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަވާ ސައުދި އަރަބިއްޔާ އެމްބަސީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރޯދަ މަސް ފެށުމުގެ ކުރިންވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް ކަދުރު ހަދިޔާކޮށްފައެވެ. އޭރު ރާއްޖެއަށް ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހުނީ 25 ޕެކެޓް ކަދުރެވެ.

