ހުޅުމާލެ ހިތިގަސްމަގު ބްރިޖުން މޫދަށް ވެއްޓުނު 25 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުންގެ ހިތްވަރުގަދަ މަސައްކަތުން ސަލާމަތްކުރެވިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:42 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ފުލުހުންގެ ޓްރެފިކް ޑިވިޜަންގެ ދެ އޮފިސަރުން އަވަސް ފިޔަވަޅުތަކެއް އަޅައި، ހެނދުނު 6:13 ގައި އެ ޒުވާނާ މޫދުން ސަލާމަތްކުރެވުނެވެ.

ސަލާމަތްކުރެވުނު ފަރާތް ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ.

ހޮސްޕިޓަލުން ބުނިގޮތުގައި އޭނާގެ ސިއްހީ ހާލަތު މިހާރު ރަނގަޅެވެ.

ފުލުހުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.