އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުއްގައި ބައިވެރިވެޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސައުދީގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމަކީ ފަލަސްތީނުގެ ރައްޔިތުން އެ ގައުމުން ނެރުމަށް އިޒްރޭލުން ގޮވާލާފައިވާ ގޮވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ޔަހޫދީންގެ އަނިޔާވެރި އެ ހަމަލާތަކުގައި ޣައްޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރައްވަމުންނެވެ.