ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާއްތަކަށް ލުއިފަސޭހަކުރުމަށް، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަަކަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން މިވަނީ ފެރީ އޮޕަރޭޓުކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދީފައެވެ.
އެގޮތުން ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، މާލެއާއި އަތޮޅުތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.
އެހެންކަމުން ފަޅު ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެމްޓީސީސީއަށް ހުށައެޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ފަޅު ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ހުށަހެޅުމަށް އިއުލާނުގައިވެއެވެ.
”އީމެއިލް އެޑްރެސް: tsd@mtcc.com.mv / އިތުރު މައުލޫމާތު ހޯދެއްވުމަށް މިކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްވުން އެދެމެވެ“ އެމްޓީސީސީން އާންމުކުރި އިއުލާނުގައިވެއެވެ.

