ރާއްޖެއިން ފްރާންސަށް ކަނޑައަޅުއްވާފައިވާ ނަން ރެސިޑެންޓް ސަފީރު ޑރ.އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަށް އަރުވައިފިއެވެ.

އިރުތިޝާމް މެކްރޯންްއަށް ފަތްކޮޅު އެރުވީ ފްރާންސްގެ ރައީސްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އިރުތިޝާމްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހިންގެ ނަމުގައި، ފްރާންސްގެ ރައީސް އަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާއި ސަގާފީ ކަންކަން ކުރިއެރުވުމަށް އިތުރަށް ގުޅުން ބަދަހިކުރުމަށް ތައްުޔާރަށް ހުންނެވި ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑު ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.