އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރަސްމީ ގަޑިތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ 27 ރަމަޟާން ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

މާލެ ސީޓީ ފިޔަވައި ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.

ޒަކާތު ހައުސް އިން ބުނީ ހެނދުނު 09:30 އިން މެދުންދުރު 13:00 އަށްރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު އިސްލާމީ މަރުކަޒުގެ ކައުންޓަރުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އަދި ޒަކާތް ބަލައިގަންނާނެ އެންމެ ފަހު ވަގުތަކީ 30 މާރޗް 2025 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ.