މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ރޯދަ މަހު ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްދީފިއެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލި މީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 އިން ރޭގަނޑު 10:30 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ވެސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމާއިން ފެށިގެން އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދަރުމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުގެ އައިސީޔޫ އަދި ސީސީޔޫ ފިޔަވައި އެނދުމަތިކޮށް ފަރުވާދޭ ބަލިމީހުންނަށް އެ ވަގުތުތަކުގައި ޒިޔާރަތް ކުރެވޭނެ ކަމަށެވެ.

އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް އާންމު އުސޫލުން ޒިޔާރަތް ކުރެވޭ ވަގުތަކީ ކޮންމެ ދުވަހެއްގެ ހަވީރު 5:00އިން 8:00 އަށެވެ.