ގިނީ ބިސާއޫއާއެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

އެމެރިކާގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހަރުދަނާ ވެގެންދާނެ ކަމަށާއި ދެ ގައުމުގެ ރައްޔިތުން އެދޭ ކަންކަން ހާސިލުވެގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ކަމަކީ ދޭދޭ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް އެކުވެރިކަން ގާއިމުކުރުން ކަމަށެވެ. އަދި އެކުވެރިކަން ގާއިމުކުރަން އެދޭ ހުރިހާ ގައުމަކާ އެކުވެސް އެކުވެރިކަން ގާއިމުކުރުން ކަމަށެވެ.

ގިނީ ބިސާއޫއާއެކު ގާއިމު ކުރެވިގެންދިޔަ ހާރިޖީ ގުޅުމާއެކު 181 ގައުމަކާއެކު ރާއްޖެއިން މިހާރު ވަނީ ހާރިޖީ ގުޅުން ގާއިމުކޮށްފައެވެ.