ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެ މީހުންނާއި ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން، މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު، ހާމަކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

 

ފުލުހުން މިރޭ އިރާކޮޅު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމާތައި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ކަމަށެވެ.