ރަމަޟާން މަސް ނިމުމަށްފަހު، ފިތުރު އީދު ނިމި، ޝައްވާލު މަހުގައި ހަ ރޯދަ ހިފުމަކީ މާތްވެގެންވާ ސުންނަތެކެވެ.
ރޯދަ މަހު ގެއްލުނު ރޯދަތައް ނުހިފައި، ޝައްވާލު މަހުގެ ސުންނަތް ހަ ރޯދަ ހިފިދާނެތޯ، ޝެއިޚް އާސިމް އަލް ޙަކީމްއާ މީހަކު ސުވާލު ކުރުމުން، ޝެއިޚް އާސިމް ވިދާޅުވީ އެކަމުގައި ގިނަ ޢިލްމުވެރިންނަށް ބުރަވެވެނީ ގެއްލުނު ރޯދަތައް ހިފުމަށްފަހު، ހަ ރޯދަ ހިފުމަށް ކަމަށެވެ.
އަދި ޝައްވާލް މަހުގެ ހަ ރޯދަ ހިފުމަށް އަންގަވައިފައިވަނީ، ރަމަޟާން މަހަށް ފަހުގައިކަން މާތް ނަބިއްޔާގެ ޙަދީޘްފުޅުން އެނގޭއިރު، ރޯދަ ހިފުމަކީ އެ މަހުގެ ހުރިހައި ރޯދައެއް ވެސް ހިފުން ކަމަށް ޝެއިޚް ވިދާޅުވިއެވެ.
ފަރުޟު ރޯދަތައް ހިފުމަށްފަހުގައި ނޫންގޮތަކަށް ސުންނަތް ރޯދައެއް ހިފުމެއް ނުވެއެވެ.
އަދި ފަހުން ހިފަން ޖެހޭ ރޯދައެއް ނެތް ކަމުގައި ވިޔަސް، ފިތުރު އީދަށް ފަހު ވަގުތުން ހަ ރޯދަ ހިފާކަށް ނުޖެހެއެވެ.
ިއީދު ދުވަހަށް ފަހު އެއްދުވަސް ނުވަތަ ދުވަސްތަކެއް ފަހުން ހަ ރޯދަ ހިފުން ވެސް ހުއްދަވެގެންވެއެވެ.
އަދި ޝައްވާލުމަހުގައި ވިދިވިދިގެން ނުވަތަ ވަކިވަކިން ހިފުންވެސް ހުއްދަވެގެންވެއެވެ. އެއީ އެމީހަކަށް ފަސޭހަ ގޮތަކަށެވެ.

