ބޯކޮށް ވާރޭވެހުމުން މާލެ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިއްޔެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަލަށް ގެންނަ ޕަންޕުތައް ބޭނުންކުރާނީ ހެންވޭރު ކޮޅުގައި ކަމަށެވެ.
އަދި މާލެ އަކީ ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް އެ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައި ކަމަށެވެ.
އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނު ކޮޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20 ތިރީސް އަހަރު ވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް ލިބިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

