ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރުމުގެ އެއްބްސްވުމުގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ސިއްހީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެމްޓީސީސީ އާއި ހަވާލުކުރެވުނު މަސައްކަތް
ނ. ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުން ހަވާލު ކުރީ 26,878,072.40 ރުފިޔާއަށެވެ. ށ. މާއުނގޫދޫ ސިއްހީ މަރުކަޒު އިމާރާތް ކުރަން ހަވާލު ކުރީ 7,219,325.40 ރުފިޔާއަށެވެ. ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް 05,360,655.93 ރުފިޔާއަށް ހަވާލުކުރިއިރު، ތ. ވިލުފުށި ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކުރީ 105,132,701.20 ރުފިޔާއަށެވެ.
ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަން
ކ. ގާފަރު ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް 26,819,434.82 ރުފިޔާއަށް ހަވާލުކުރިއިރު، ހދ. ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރާ ދަމަނަވެށީގެ މަސައްކަތުގެ އަގަކީ 23,113,061.08 ރުފިޔާއެވެ.
ހދ. ހަނިމާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް 04,834,778.55 ރުފިޔާއަށް ހަވާލުކުރިއިރު،ވއދ. މާމިގިލީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލު ކުރީ 105,004,634.47 ރުފިޔާއަށެވެ.
ފެނަކަ ކޯޕަރޭޝަން
ހދ. މަކުނުދޫ ސިއްހީ މަރުކަޒު އިމާރާތް ކުރަން ފެނަކައާ ހަވާލު ކުރީ 03,595,304.83 ރުފިޔާއަށެވެ.

