32 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފިއެވެ.

ސީއެސްސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ މަގާމުގެ މުސާރަ އަދި އެގްޒެކްޓިވް އެލަވަންސް ދޭނީ ދެ ރޭންކަކަށެވެ.

އެގޮތުން ZV7-3 ރޭންކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ ލިބޭނެއެވެ.

ZV7-4 ރޭންކަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ ލިބޭނެއެވެ.

އޭގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓްވެސް ލިބޭނެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ރަށު ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 1:00އެވެ.

އެސްޖީން ބޭނުންވާ 32 ކައުންސިލްގެ ތެރޭގައި ހއ. ވަށަފަރު ކައުންސިލްގެ އިދާރާ ހއ. ކެލާ ކައުންސިލްގެ އިދާރާއާއި ހއ. މުރައިދޫ ކައުންސިލްގެ އިދާރާ އާއި ހދ. ހިރިމަރަދޫ ކައުންސިލްގެ އިދާރާއާއި ށ. ފޭދޫ ކައުންސިލްގެ އިދާރާއާއި ށ. މަރޮށި ކައުންސިލްގެ އިދާރާއާއި ށ. ފީވަކު އުންސިލްގެ އިދާރާ އާއި ނ. ވެލިދޫ ކައުންސިލްގެ އިދާރާ އާއި ރ. ވާދޫ، ރަސްމާދޫ، މަޑުއްވަރީ އަދި އިންނަމާދޫގެ ކައުންސިލްގެ އިދާރާ ވެސް ހިމެނެއެވެ.