މާލޭގެ ފިހާރައެއްގައި ކޭޝިއަރެެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ލަންކާގެ މީހަކު ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ވިޖެންދުރަ ވަޑުގެ ނިޝާރާ ރަސަލީ (24އ)އެވެ.

ފުލުހުން ބުނީ ނިޝާރާ ގިނަ އަދަދެއްގެ ފައިސާގެ އިތުރުން މުދާވެސް ފިހާރައިން ނަގާފައިވާ ކަމަށެވެ. ނަމަވެސް ނެގި ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ.

އެ މައްސަލައިގައި ނިޝާރާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަންް ވަނީ އަމުރުކޮށްފައެވެ.

އެއީ ސްރީލަންކާގެ ރައްޔިތަކަށްވުމުން އޭނާ ގައުމަށް ގޮސް ފިލުމުގެ އިޙްތިމާލެއް އޮތްކަމަށް ފެންނާތީ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގައިވާ ގޮޮތުން ސީސީޓީވީގެ ސްނެޕް ތަކުން ނިޝާރާ ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާފައިވާ މަންޒަރުވެސް ފެނެއެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.