ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގައި ފިރިހެން މީހާ ޒަހަމުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 1:52 ހާއިރު ކަމަށެވެ.

މި މައްސަލައިގައި ފިރިމީހާ އަށް އަނިޔާ ލިބުނަސް، ލިބުނު އަނިޔާގެ ތަފްސީލު ނުދީ ފުލުހުން ބުނީ އެ މީހާއަށް ބ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުން ފިިރިހެން މީހާ ޒަހަމްވީ އަމިއްލައަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.