ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާ ފެނަކަ ކޯޕަރޭޝަނާ ދެމެދު ސޮއި ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެިއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ހަފްލާގައެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހުއެވެ.

މި އިސްލާމީ މަރުކަޒަކީ ނަމާދުކުރާ ބައިގެ އިތުރުން ހޯލަކާއި ލައިބްރަރީއަކާއި ކުލާސްރޫމްތައް ހިމެނޭ އިސްލާމީ މަރުކަޒެއްކަން ފާހަގަކޮށްލެވެއެވެ.

މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާއި 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.