ރާއްޖޭގެ 19 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަަށް އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއި ހަވާލު ކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ މިނިސްޓްރީން 19 ރަށެއްގެ ސުކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ހަވާލު ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

އަތޮޅުތަކުގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ކުންފުނިތަކާއި ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ސައުދީއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހުއެވެ.

އަދި އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ރަށްތައް:

• ގއ. ކަނޑުހުޅުދޫ

• ހދ. ވައިކަރަދޫ

• ތ. ވޭމަންޑޫ

• ތ. އޮމަދޫ

• ށ. ފީވަށް

• ށ. ގޮއިދޫ

• ލ. ކުނަހަންދޫ

• ގއ. ކޮނޑޭ

• ފ. ބިލެއްދޫ

• ފ. ފީއަލީ

• ބ. ފުޅަދޫ

• ބ. ގޮއިދޫ

 

އެމްޓީސީސީއާ ހަވާލުކޮށްފައިވާ ރަށްތައް:

• ރ. އުނގޫފާރު

• ހއ. އުލިގަމު

• ކ. މާފުށި

• ވ. ފުލިދޫ

 

އާރްޑީސީއާ ހަވާލުކޮށްފައިވާ ރަށްތައް:

• ހއ. ފިއްލަދޫ

• ރ. ހުޅުދުއްފާރު