އުމުރުން 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ފިރިހެނެކެވެ.

ފުލުހުން ބުނީ މާލޭގައި ފިިރިހެނަކު 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަ ޕޯސްޓެއްގައި ވަނީ، އެ ކުއްޖާ އަށް  ޖިންސީ ގޯނާކޮށްފައިވަނީ ގަޔަށް އިންޖެކްޝަނެއް ޖެހުމަށްފަހު ކަމަށެވެ.