ރޭގެ ވަގުތެއްގައި، އިދިކޮޅު ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު(މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން ”އެންމެ ހަރުކަށު އިބާރާތުން ކުށްވެރިކުރަން“ ކަމަށެވެ.
”އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއްނޫނެވެ.“ އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ވިދާޅުވީ، މިވަތުތުގައި ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމުކުރުމަށް ޖާގަ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި ޖެހުން މެޑަމް ސާޖިދާ ކުށްވެރި ކުރެއްވިއިރު، އެކަމަނާގެ ދަރިކަލުންގެ އަބުރަށް ހުތުރުވާ ގޮތަށް، އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ދޮގު ވާހަކަތަކެއް ފަތުރަން މަސައްކަތް ކޮށްފައެވެ.

