ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ މުސްލިމް ރައްޔިތުންނަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ޓެމިލް ބަހުން ހާއްސަ ދަރުހެއް ބާއްވައިފިއެވެ.

ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި މި ދަރުސް ދެއްވީ އައްޝައިޚް މުރުޝިދު މުލައްފާރުއެވެ.

މި ދަރުސްގައި ސްރީލަންކާގެ ގިނަ ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ މުސްލިމުން ދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނީ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަަށް ގެންދެވުނު ދަރުހެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.