ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިއެވެ.
ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ.
އެ އަހަރުގެ މެއިމަހު މަޝްރޫއު ފެށިއިރު، މަސައްކަތް ހުއްޓާލަން ޖެހުނީ އެމްޓީސީސީގެ ޑްރެޖަރަށް މައްސަލަތަކެއް ދިމާވުމުންނެވެ.
150 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މި މަޝްރޫއުގެ ދަށުން ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ.
އަދި ހިއްކާފައިވާ ސަރަޙައްދުގެ އެންމެ ކޮޅުގައި ބީޗެއް ހެދުމަށް ނިންމާފައިވާ ވެސް އެމްޓީސީސީއިން ބުނެއެވެ.

