ބޭނުންވާ ތަކެތި:
1 ދޮންކެޔޮ
4/3 ޖޯޑު ޗޮކްލެޓް އައިސްކްރީމް
4/3 ޖޯޑު ޗޮކްލެޓް މިލްކް
2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ސިރަޕް
6 އައިސްކިއުބް
1 ސައިސަމުސާ ކޮކޯ ޕައުޑާރ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ މިކްސަރަށް ދޮންކެޔޮ، އައިސްކިއުބް، ޗޮކްލެޓްމިލްކް، އައިސްކްރީމް، އަޅާ ރަނގަޅަށް އޮލަވަންދެން އެއްކޮށްލާށެވެ.
އެއަށްފަހު ޗޮކްލެޓް ސިރަޕް ބޭނުންކޮށްގެން ބިއްލޫރިތަށްޓެއްގެ އެތެރެ ޑިޒައިންކޮށްލައި، ތަށިތެރެއަށް މިކްސަރުގައި ހުރި ސްމޫތީ އަޅާށެވެ.
އަދި އޭގެ މައްޗަށް ކޮކޯ ޕައުޑާރ ކޮޅެއް ބުރުވާލާށެވެ.

