ދެމެހެއްޓިނި އުފާވެރިކަން ލިބޭނީ އިންސާނިއްޔަތުކަމުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ،ވބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އުފާވެރިކަން ހޯދުމަކީ ވަކި މީހެއްގެ ދަތުރެއް ނޫންކަމަށެވެ.
އެއީ ޖަމާއަތުގެ ދަތުރެއްކަމަށާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ އުފާވެރިކަން ލިބޭނީ އިންސާނިއްޔަތުކަމުގެ ތެރެއިންކަމަށް ވެސް ރައީީސ ވިދާޅުވިއެވެ.
”ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް“ ފާހަގަ ކުރުމުގެ ގޮތުން ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ހާއްސަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމަށް މިއަދާއި، މާދަމާ މާލޭގައި ގިފްޓް ޕެކް ހަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުން ކުރިއަށް ގެންދާނެއެވެ.

