ރޯދަމަހުގެ ފުރަތަމަ 10 އެއްގައި އެކަނި ވެސް ވައްކަމުގެ 147 މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ ފަރާތުން މިކަން ހާމަކުރީ، މިއަދު މީޑިއާތަކަށް ހިއްސާކުރި ތަފާސްހިސާބުގައެވެ.
އެ ތަފާސްހިސާބު ދައްކާ ގޮތުން ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ވަނީ ޖުމްލަ 692 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ ޓްރެފިކް މައްސަަލަތަކެވެ.
އެގޮތުން ޓްރެފިކާ ގުޅޭ 153 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފައިވާއިރު، ދެން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.
އެގޮތުން ރޯދަ މަހުގެ ފުރަތަމަ 10 އެއްގައި 147 ވައްކަމުގެ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ 110 މައްސަލައާއި، ގެއްލުންދިނުމުގެ 48 މައްސަލައާއި އަނިޔާކުރުމުގެ 40 މައްސަލައެއް ވެސް ފުލުހަށް ރިޕޯޓްކޮށްފައިވެއެވެ.
ބިރުދެއްކުމާއި އިންޒާރު ދިނުމުގެ 38 މައްސަލައަކާއި ގެވެށިއަނިޔާގެ 19 މައްސަލައެއް ވަނީ ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
އަދި އޮޅުވާލުމުގެ 13 މައްސަލައެއްގެ އިތުރުން ކައުންޓާފީޓް އެންޑް ފޯޖަރީގެ އަށް މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރޯދަމަހުގެ ފަހު 10 އެއްގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ 16 މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ 15 މައްސަލައެއް ވެސް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

