ބޭނުންވާނެ ތަކެތި:
30 އޯރިއޯ ބިސްކޯދު (ބޭނުން ވައްތަރެއް)
ތިން ޖޯޑު ވައިޓް ޗޮކްލެޓް ޗިޕްސް
1 ދަޅު ގެރިކިރު
1 ސައި ސަމުސާ ވެނިލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުތައް ފުނޑުވާލާށެވެ. މިކްސަރަކުން ނުވަތަ ކޮތަޅަކަށް އަޅައި ބަންދުކޮށްލައިގެން ވެސް ފުނޑު ކުރެވިދާނެއެވެ.
ދެން ޗޮކްލެޓާއި ގެރިކިރު، ތަތްނުލަވާ ތަވައެއްގައި، މަޑުގިނީގައި ހޫނު ކުރާށެވެ.
ތަވައަށް އެޅި އެއްޗެހި ގިރަމުންދާއިރު، އެނދިޔަ ނުދިއުމަށްޓަކައި އިރު އިރުކޮޅުން ހާވާލަން ވާނެއެވެ.
ދެން ޗޮކްލެޓްކޮޅު ދިޔާވުމުން ރަނގަޅަށް އެއްކުރުމަށްފަހު، ފުނޑުކުރި ބިސްކޯދު ކޮޅުގެ އެއްބައި އެއަށް އަޅާށެވެ.
ރަނގަޅަށް ހާވާލައި، ތައްޔާރު ކުރި ޓްރޭތެރަޔަށް އަޅާލާށެވެ.
އެއަށްފަހު ޓްރޭގައި އަތުރާލުމަށް ފަހު، ބާކީހުރި ބިސްކޯދުކޮޅު އަޅާށެވެ.

