އޭޝިއަންކަޕް ކޮލިފައިންއަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިރޭ އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ ގައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

ރައީސް ގައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންނެވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޓީމު މިވަގުތު ވަނީ އިންޑިއާ އާއި އެކު ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗަށް ޝިލޮންގުގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.

މިރޭ 18:30 ގައި އޮންނަ މި މެޗު ޕީއެސްއެމްގެ ޔޭސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.