ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ، މުހައްމަދު އަޒުހާން، ހިޔާ ފްލެޓް ސަރަހައްދުން ކާރަކަށް އަރާ މަންޒަރު ފެންނަކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ގެއްލިގެން ހޯދަމުން އަންނަ އަޒްހާން އަކީ، ކ. މާލެ / ހ. ބޮނޑިކަނދޮޅުގެއަށް ނިސްބަތްވާ ޒުވާނެކެވެ.

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މުހައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށް ފުލުހުން ހާމަކުރެއެވެ.

އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ އެ ވަގުތު އެފަދަ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ، ޑްރައިވަރު އެކަން ލަސް ނުކޮށް ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުަައްވައި ހިއްސާކުރެއްވުން އެދިފައެވެ.