ބޭނުންވާ ތަކެތި:
125 ގްރާމް ފުށް
125 ގްރާމް ވައިޓް ބަޓަރު
125 ގްރާމް ހަކުރު
3 ބިސް
3 އާފަލު (ކުދިކޮށް ކޮށާފައި)
1 ސައި ސަމުނާ ފޮނިތޮށި ( މުގުރާފައި)
1 ސައި ސަމުސާ ވެނީލާ އެސެންސް
1 ސައި ސަމުސާ ބޭކިން ޕައުޑަރު
ތައްޔާރު ކުރާނެގޮތް:
ފުށާއި ބޭކިން ޕައުޑަރު ތަށްޓަކަށް އަޅައި އެއްކުރުމަށްފަހު، އެހެން ތަށްޓަަކަށް ހަކުރާއި ބަޓަރު އަދި ފޮނިތޮށި އަޅާފައި ރަނގަޅަށް އެއް ކުރާށެވެ. އެއަށްފަހު، އޭގެ ތެރެއަށް ބިސް އަޅާފައި ގިރާށެވެ. ދެން އޭގެ ތެރެއަށް ވެނީލާ އެސެންސް އަޅާފައި ރަހަ ހެޔޮވަރުކޮށްލާށެވެ.
ދެން އެއްކުރި ހަކުރާއި ބަޓަރުގެ ތެރެއަށް ފުށް އަޅައި، އޭގެ ތެރެއަށް ކޮށާފައި ހުރި އާފަލުތައް އަޅާށެވެ.
އަވަން ބަހައްޓަން ވާނީ ކުރިއާލައި ހޫނުކޮށްފައެވެ. ދެން ޓްރޭއެއްގެ ތެރެއަށް މިކްސް ކުރި ބައި ރަނގަޅަށް އަތުރާފައި އަވަނުގައި 150 ޑިގްރީ އަށް 30 އާއި 40 މިނިޓް ވަންދެން ފިހާށެވެ.

