ރީތި އެތައް ޑިޒައިންތަކެއްގެ އަބާޔާއަށް ހާއްސަ ފިހާރަ ”ފަށުވި ފޭރާން ބައި ވެންޒާ“ އިން، އަނެއްކާ ވެސް މިވަނީ ކަސްޓަމަރުންނަށް ”ސަޕްރައިޒެއް“ ދީފައެވެ.

މިފަހަރު ވެސް މިއޮތީ އެތަނުން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ ވާހަކައެވެ. މި ޕްރޮމޯޝަނުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އޮތީ، ތިން ގައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތެވެ!

ފަށުވި ފޭރާންގެ އަބާޔާއެއް

އިނާމުތަކަކީ ކޮބާ؟

ފަށުވި ފޭރާމުން މިހާރު ފަށައިގެން އުޅޭ ޕްރޮމޯޝަނުގެ ނަސީބުވެރި ތިން ފަރާތަކަށް އޮތީ ވަރަށް ވެސް ހާއްސަ ތިން އިނާމެކެވެ.

ފުރަތަމަ އިނާމު: ބެންކޮކަށް ދެކޮޅު ޓިކެޓު

ދެވަނަ އިނާމު: މެލޭޝިއާއަށް ދެކޮޅު ޓިކެޓު

ތިންވަނަ އިނާމު: ސްރީލަންކާއަށް ދެކޮޅު ޓިކެޓު

 

ފަށުވި ފޭރާންގެ އަބާޔާއެއް

ޕްރޮމޯޝަނުގައި ބައިވެރިވާނީ ކިހިނެއް؟

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ފަށުވި ފޭރާމުން 300 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކޮށްލައްވާށެވެ. އޭރުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

ފަށުވި ފޭރާމުން ކަސްޓަމަރުންނަށްޓަކައި، އަބަދުވެސް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ.

ފަށުވި ފޭރާންގެ އަބާޔާއެއް

 

އީދު ކަލެކްޝަން ވެސް މިހާރު ލިބޭނެ

މި އަހަރުގެ ފިތުރު އީދަށް މިހާރު މިވަނީ ގާާތްގަނޑަކަށް ހަފްތާއަކަށްވެފައެވެ. މިއީ ފަށުވި ފޭރާާންގެ އީދު ކަލެކްޝަން ބަލައިލާ، ކަމުދާ އަބާޔާއެއް ގަނެލަންވީ ވަގުތެވެ. އަދި ހަނދާންކޮށްދެމެވެ. މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އެބައޮތެވެ.

 

ފަށުވި ފޭރާން ތަފާތު ވަނީ ކީއްވެ؟

ފަށުވި ފޭރާމުން ޕްރީ-އޯޑަރަށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަބާޔާ ގެނެސްދެއެވެ. މި އަބާޔާތައް ގެންނަނީ ސީދާ ދުބާއީންނެވެ.

މި އަބާޔާތައް ގެންނަނީ ތަފާތު ވައްތަރުގެ ފޮތިން، އެކި ޑިޒައިންތަކަށް، ކަސްޓަމަރުން ބުނާ ސައިޒެއްގައެވެ. ”ދުބާއީ ކޮލިޓީ“ގެ މި އަބާޔާތަކުގެ ފެންވަރާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ފަށުވި ފޭރާންގެ އަބާޔާއެއް

ި

އެގޮތުން ކާޑިގަން އަބާޔާ، ސިމްޕަލް އަބާޔާ، އެމްބްރޮއިޑެރީ އަބާޔާ، ބީޑެޑް، އޮފިޝަލް އަދި ކުޑަކުދިންގެ އަބާޔާ ވެސް އެތަނުން ލިބެން ހުރެއެވެ. ކަސްޓަމަރުންނަށް އެތަނުން 100އަށްވުރެ ގިނަ ޑިޒައިންގެ އަބާޔާ ލިބެން ހުންނާނެއެވެ.

 

ފަށުވި ފޭރާާންގެ އަބާޔާއެއް

ކަސްޓަމަރުންގެ އިތުބާރު ލިބިފައިވޭ!

މަދު އަހަރުތަކެއްގެ ތެރޭގައި ފަށުވި ފޭރާމުން ވަނީ ކަސްޓަމަރުންގެ ލޯތްބާއި އިތުބާރު ހޯދައިފައެވެ. އެގޮތުން ރަމަޟާން މަހުގައި ބޭއްވޭ ތަފާތު އެކި ހަފްލާތަކަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ މަދަހަ މުބާރާތްތަކަށް ވެސް ފަށުވި ފޭރާމުގެ އެކި ޑިޒައިންތަކުގެ އަބާޔާއަށް އޮންނަ ޑިމާންޑު ބޮޑެވެ.

ފަށުވި ފޭރާމުގެ އަބާާޔާ

 

މިދިޔަ ހަފްތާގައި އެފަދަ މުބާރާތަކަށް އެއް ޑިޒައިނަކުން 11 އަބާޔާ ފޯރުކޮށްދެވިފައިވާ ކަމަށް ފަށުވި ފޭރާމުން މައުލޫމާތުދެއެވެ. 

މުބާރާތެއްގެ ބައިވެރިން، ފަށުވި ފޭރާމުގެ އަބާޔާގައި-

ފަށުވި ފޭރާާން ހުންނަނީ ކޮންތާކު؟

ފަށުވި ފޭރާާންގެ ޝޯރޫމް ހުންނަނީ ހުޅުމާލެ ފޭސް އެކެއްގެ ރަބަރުގަސްމަގު، 9ގައެވެ. މި ލިންކުން ލޮކޭޝަން ބަލާލެވޭނެއެވެ.

އެތަނުގެ އިންްސްޓެގްރާާމް ޕޭޖަށް މެސެޖުކޮށް، އޮންލައިންކޮށް ވެސް ވިޔަފާރި ކޮށްލެވޭނެއެވެ.