މާލޭގެ ގިނަ މަގުތަކުގެ ކާނުތައް ސާފުކޮށްފިއެވެ.
މިކަން ހާމަކޮށް ލޯކަލް ގަވަމަންޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮލިމްޕަހުން ފެށިގެން ރަސްފަންނާ ހަމައަށް މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް ސާފުކޮށް ނިންމާލާފައި ވާކަމަށެވެ.
އަދި މިއަދުން ފެށިގެން ކުރިއަށްދާނީ މަޖީދީމަގުގެ އޮލިމްޕަހުން ފެށިގެން ހެންވޭރާ ދިމާއަށް ހުރި ކާނުތައް ސާފު ކުރުމުގެ މަސައްކަތް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރަމަޟާންމަހު މި މަސައްކަތް ކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު ފަހު 2.00 އަށެވެ.
މާލޭގެ މަގުތަކުގައި ހަދާފައިވާ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހު 8 ވަނަ ދުވަހުއެވެ.

