މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި)ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)ގައި އޮންނާނެއެވެ.

ފުޓްބޯޅައަށް ވަރަށް ގިނަ ދުވަހު ހިދުމަތްކުރި ސާންތި ނިޔާވެފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ރޭގެ ވަގުތެއްގައެވެ.

އޭނާގެ މޫނުދެއްކުން އޮންނާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ.

އަދި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ސާންތި ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސާންތި ވަކިވެ ދިޔުމުން، ޝުއޫރުތައް ފާޅުކުރަމުންނެވެ.