ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލްގެ އަގަށް ހެޔޮ ބަދަލެއް ގެނެސްފިއެވެ.
އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި އެ ކުންފުނިން ފެޓްރޯލް ލީޓަރަކުން ވަނީ 48 ލާރި ހެޔޮކޮށްފައެވެ.
އެގޮތުން ކުރިން 13.98 ރުފިޔާ އަށް ޕެޓްރޯލް ލީޓަރެއް ވިއްކި ނަމަވެސް، މިހާރު ފެޓްރޯލް ލީޓަރެއްގެ އަގަކީ 13.50 ރުފިޔާއެވެ.
އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފައި މިވަނީ، ދުނިޔޭގެ ބާޒާރުގައި ވެސް ފެޓްރޯލްގެ އަގު ދަށަށް ދިއުމާ ގުޅިގެން، އެ ކުންފުންޏަށް ޕެޓްރޯލް ގަންނަން ލިބޭ އަގު މިހާރު ހެޔޮވެފައިވުމާ ގުޅިގެންކަމަށް، އެ ކުންފުނިން ބުނެއެވެ.
އެފްއެސްއެމްގެ ހުރިހާ ޕެޓްރޯލް ޝެޑަކުން ވެސް މިހާރު ޕެޓްރޯލް ލިބޭނީ އަގުހެޔޮ ކޮށެވެ.

