ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޮއެލް އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް މަގާމުން ވެސް މިހާރު ވަކިކޮށްފައިވާ ކަމަށެވެ.
ނޮއެލް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
ނޮއެލް އަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގައި ވެސް މަސައްކަތްކޮށް މާލީ ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަން ސަރުކާރުން ކުރިން ހާމަކުރިއެވެ.
އޭނާ ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯކަމަށް އައްޔަނުކުރީ މިދިޔަ އޮގަސްޓު މަހުއެވެ.

